އުފާވެރި ކުއްޖެއް
އުފާވެރި ކުއްޖެއް
އަބަދު ހިނިތުންވެގެން ތިއްބަކަސް އެއީ ހަގީގީ އުފާވެރިކަމަށް ނުވެ ހިނގައިދާނެއެވެ. އެއީ ހަމައެކަނި މީހުންނަށް ދައްކަންވެގެން ވާ ހިނިތުން ވުމަކަށްވެސް ވެދާނެއެވެ. ބޮޑެތި މީހުންނަށް ފަސޭހަކަމާއެކު ހިތާމަތައް ފޮރުވަން އެނގޭ ނަމަވެސް، ކުޑަކުދިންނަކަށް ނޭނގޭނެއެވެ. އެހެންކަމުން ދަރިން އުފަލުގައި އުޅޭނަމަ އެކަން ވަރަށް ފަސޭހައިން ބެލެނިވެރިންނަށް ދެނެގަނެވޭނެއެވެ.

ތިރީގައި މި ހިމަނާލަނީ ދަރިފުޅު ދިރިއުޅުމާމެދު އުފާވާކަން އެނގޭނެ ބަައެއް ގޮތްތަކެވެ.

ހިޔާލީ ދުނިޔެ އުފައްދަން އެނގުން

ދިރިއުޅުމާމެދު ހިތްހަމަ ޖެހޭނަމަ، ނުވަތަ އުފާވާނަމަ ކުދިންނަށް ކިތައްމެ ކުޑަ ކަމަކުންވެސް އުފާވެރިކަން ފެންނާނެއެވެ. ކިތައްމެ އާދައިގެ ކަމަކުންވެސް ހިޔާލީ، އުފާވެރި ދުނިޔެއެއް އުފައްދަން އެކުދިންނަށް އެނގޭނެއެވެ. އާންމުކޮށް އުޅޭ ތަންތަނަށް ބަލައި، ދިރިއުޅުމުގައި ގެންގުޅޭ އެކި އެއްޗެއްސާމެދު ވިސްނައި، އެކަންކަމާމެދު ހިޔާލީ ވާހަކަތައް އުފައްދަން އެނގޭނީ އުފާވެރިކަންމަތީ ބޮޑުވާ ކުދިންނަށެވެ.

ކަންތައް ކުރާއިރު ލަވަކިޔުން

ދިރިއުޅުމުގައި ކުރަން ޖެހޭ އެންމެ އާދައިގެ ކަންތައް ކުރާއިރު ލަވަ ކިޔައި ކުދި އަޑު ލައްވައި ހެދުމަކީ އެކުއްޖާ އުފާވެރިކަންމަތީ ބޮޑުވާ ކަމުގެ ހެއްކެކެވެ. މިސާލަކަށް ދަތް އުނގުޅާއިރު، ނުވަތަ ފެންވަރާއިރު ނުވަތަ ކުރަހާއިރު ވިޔަސް ކުއްޖާ ލަވަ ކިޔައި މިފަދައިން ރާގުތައް ލައްވާނަމަ އެއީ އެކުއްޖާ ހިތްހަމަޖެހިގެން އުޅޭ ކަމުގެ ނިޝާނެކެވެ. އެއީ ހުރިހާ ކަމެއްވެސް ރަނގަޅުކަން އެންގުމަށް އެކުދިން ކުރާ ކަމެކެވެ.

އެހެންކުދިންނާ ހިއްސާ ކުރުން

އެއްވެސް މީހެއްގެ ނުފޫޒެއް ނެތި އެހެން ކުދިންނާ އެއްޗެހި ހިއްސާ ކުރުން ނުވަތަ ޝެއާ ކުރުމަކީވެސް ދަރިފުޅު އުފާވެރިކަންމަތީ ބޮޑުވާ ކަމުގެ ނިޝާނެކެވެ. ދަރިން ހިތްހަމަޖެހިގެން އުޅޭ ނަމަ އެކުދިން އެހެން މީހުން އުފާ ކުރަން މަސައްކަތް ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން