އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ "ޑީޑީކަޕް 2025" އިލެވެން އެސައިޑް ފުޓުބޯޅަ މުބާރާތުގައި ހޯމަ ދުވަހު ހަވީރު ފްރެންޑްސް ކުލަބާއި އެފްސީ ޒެފެއަރ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 4-1 ފްރެންޑްސް ކުލަބުން މެޗު ކާމިޔާބު ކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށްބަލާއިރު ފްރެންޑްސް ކުލަބުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައި ޒެފެއަރ ގެ ގޯލަށްވަނީ ނުރައްކާ ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ފްރެންޑްސް ކުލަބުން ނިންމާލީ 3-0 ގެ ލީޑެއްގައި އޮވެގެންނެވެ. އެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު 03 ވަނަ މިނިޓުގައި އަދި ތިންވަނަ ލަނޑު 37 މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރު 12، މުޙައްމަދު ފާސިރެވެ. ދެވަނަ ލަނޑު 10 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރު 30، ޙަސަން ޒައިދާނުއެވެ.
ދެވަނަ ހާފުފެށިގެންވެސް މާގިނަ އިރުތަކެއް ނުވެ ފްރެންޑްސް ކުލަބުން އެޓީމުގެ 4 ވަނަ ލަނޑު ޖެހިޔެވެ. އެއީ މެޗުގެ 49 ވަނަ މިނިޓުގައި އެ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 11، ޚަލީލު ޤަމާލް އެވެ.
ފްރެންޑްސް ކުލަބުގެ އެ ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް ޒެފެއަރއިން ކުޅުން ރަގަނޅުކޮށް، ފްރެންޑްސްގެ ކުބައިން މެޗުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރިއެވެ. ހިއްވަރާއެކު ލަނޑެއް ކާމިޔާބު ކުރެވޭތޯ ޒެފެއަރ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.
އެގޮތުން، މެޗުގެ 54 ވަނަ މިނިޓުގައި ޒެފެއަރ ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މިލަނޑު ޒެފަރ އަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރު 11، މުޙައްމަދު ދާނިޝް އެވެ. އޭގެފަހުން މެޗު ނިމިގެންދިޔައީ އިތުރު ލަނޑެއް ދެޓީމުންކުރެ ޓީމަކަށް ކާމިޔާބު ނުކުރެވިއެވެ.
ފައުލް މަދުކޮށް ކުޅެ ނިންމާލި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކުލަބުގެ ޖޯޒީނަންބަރު 12، މުޙައްމަދު ފާސިރު އެވެ. އޭނާވަނީ މިމެޗުގައި 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ މައިލޯސިޓީ ސްޕޯޓްސް ކުލަބް އާއި ޔުނައިޓެޑް މައިލޯ އެވެ. މި މެޗު އޮންނާނީ 27 މެއި 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު