ސޯހާ އާއި ކުނާލް
ސޯހާ އާއި ކުނާލް
ބޮލީވުޑްގެ ތަރިން ސޯހާ އަލީ ޚާން އާއި ކުނާލް މިފަހަރުވެސް ޗުއްޓީ ހޭދަކުރަނީ ރާއްޖޭގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެގޮތުން މި ދެ ތަރިން ޗުއްޓީ ހޭދަކުރަމުންދަނީ ކޯމޯ މާލިފުށި ރިސޯޓުގަ އެވެ. މި ދެ ތަރިންނާއެކު އެމީހުންގެ ދަރިފުޅު ވެސް ރާއްޖެ އައިސްފައި ވެއެވެ.

މި ދަތުރުގައި ކުނާލްގެ 42 ވަނަ އުފަންދުވަސްވެސް ފާހަގަ ކޮށްފައިވެއެވެ. މިކަމަށްޓަކައި ރިސޯޓުގައި ވަރަށް ހާއްސަ ޑިނާއެއް ބާއްވާފައިވާއިރު، ސޯހާ އާއި ކުނާލް ވަނީ އެރޭގެ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. މީގެ ކުރިންވެސް ކުނާލް ވަނީ އޭނާގެ އުފަންދުވަސް ރާއްޖޭގައި ފާހަގަ ކޮށްފައެވެ.

ރާއްޖެއަކީ މި ދެ ތަރިން ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން އިހުތިޔާރު ކުރާ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ވެސް އެ ދެމަފިރިން ޗުއްޓީއަށް ރާއްޖެ އައިސްފައިވެ އެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު ކުނާލް ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެބް ސީރީސް "ގުލްކަންޑަ ޓޭލްސް" އިންނެވެ. އަދި ސޯހާ އެންމެ ފަހުން ފެނިފައި ވަނީ "ޗިޗޯރީ 2" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން