މަރްޔަމް ނަހްދާ ވަޙީދު   27 މޭ 2025 - 7:51
ާޑާކޮއިޓްގެ ޕޯސްޓަރު
ާޑާކޮއިޓްގެ ޕޯސްޓަރު
ބޮލީވުޑްގެ ތަރި މްރުނާލް ތާކުރުގެ ފިލްމު "ޑާކޮއިޓް" ގެ ފަސްޓް ލުކް ދައްކައިފިއެވެ.

މްރުނާލް ވަނީ ފިލްމުގެ ޓީޒަރު އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. މި ފިލްމަކީ ވަރަށް ގިނަ ޖަޒުބާތުތަކެއް އެކުލެވޭ ފިލްމެއްކަން ޓީޒަރު ބަލާލުމުން އެނގެއެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކުރީގެ ލޯބިވެރިޔާ އަލުން ދިމާވުމުން، ހިނގައިދާ ހައިޖާނުގަނޑުގެ މައްޗަށެވެ. މިއީ ލޯތްބާއި ބަދަލުހިފުމުގެ މައްޗަށް އެކުލަވާފައިވާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގައި މްރުނާލް އާއެކު ލީޑުން ފެނިގެންދާނީ އަދިވީ ސޭޝް އެވެ. މިއީ މި ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ "ޑާކޮއިޓް" އިއުލާން ކުރެވިގެން ދިޔައިރު، މި ފިލްމުގެ ބަތަލާ ކަމުގައި ކަނޑައެޅީ ޝްރޫތީ ހަސަން އެވެ. އެހެންނަމަވެސް، ޝްރޫތީ ވަނީ މި ފިލްމު ދޫކޮށްލާފައެވެ. އޭނާ ފިލްމު ދޫކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.

ޝަނެއިލް ޑިއޯ ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަަމަޖެހިފައިވަނީ މިއަހަރު ޑިސެމްބަރު 25 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން