މި އަހަރު ފާހަގަ ކުރާ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ޝައުގުވެރިވާ ރަށްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އެ ފުރުސަތު ހުޅުވައިލީ އަންނަ މަހުގެ 19 އާ ހަމައަށް ކަމަށެވެ.
އެ ވުޒާރާއިން ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރާނެ ރަށެއް ކަނޑައަޅަން ވަކި ކަންތައްތަކަކަށް ބަލާނެ ކަމަށެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެއް ހަމަ އެ ދުވަހު ރަށުގައި ފާހަގަ ކުރާ ރަށަކަށް ނުވުމާއި، ދެވަނަ ފަހަރަށް މަސްވެރިންގެ ދުވަސް ފާހަގަ ކުރަން އެދިފައިވާނަމަ، އެ ރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ ފަސް އަހަރު ވެފައިވުން ހިމެނެއެވެ. މީގެ އިތުރަށް މުނާޞަބަތުތައް ބޭއްވުމަށް އެ ރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރުވެސް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލާއި، އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާ ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެޙުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ ޤާބިލްކަން ހުރި ނެތް މިންވަރަށްވެސް ބަލާނެ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުން ތިބުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށް ވެސް ބަލާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެ ރަށަކީ މަސްވެރި ރަށެއްތޯ ވެސް ބަލާނެ ކަމަށާއި، މަސްވެރި ރަށެއް ކަމަށް ބަލާނީ އެރަށެއްގައި ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި އުޅަނދުފަހަރުގެ ޢަދަދަށް ބަލައިގެން ކަމަށެވެ.
މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރީ ބ. ތުޅާދޫގަ އެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ 1989 އިން ފެށިގެންނެވެ. އެގޮތުން ސަރުކާރުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ދިހަ ވަނަ ދުވަހަކީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު