އައްޑޫސިޓީ މަރަދޫގައި މިހާރު ކުރިއަށްގެންދާ ޑީޑީކަޕް 2025 އަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ހަމާކޮށްފިއެވެ.
މަރަދޫދާއިރާގެ އިންޒަތްތެރި މެންބަރު އަހުމަދު ދީދީ (ޑީޑީ)ގެ މަސްޢޫލުވެރިކަމުގެދަށުން ހިންގާ ޑީޑީ ފައުންޑޭޝަންގެ ފަރާތުން މިމޭމަހުގެ 17 އިން ޖޫން މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޑީޑީކަޕް 2025 އަކީ އައްޑޫސިޓީގެ އަވަށްތަކުން ފަސްޓީމެއް ބައިވެރިވާ އިލެވެންއެސައިޑް ފުޓުބޯޅަ މުބާރާތެކެވެ.
ޓީމުގެތަކުގެ މެދުގައި ބޮޑުވާދަވެރިކަމެއް ފެނިގެންދާ މިމުބާރާތް ބަލަން އަވަށްތަކުން ގިނަ އަދަދެއްގެ ބަޔަކު މަރަދޫ ފުޓުބޯޅަ ދަނޑަށް އެއްވާއިރު، މީގެތެރޭގައި ކުޑަކުދީން އަންހެނުން އަދި އުމުރުންދުވަސްވީ މީހުންނާއި ދެބައި އުމުރުގެ މީހުންވެސް އަންނަކަން ފާހަގަކުރެވެއެވެ.
ބައެއް ދުވަސް ދުވަހުގައި ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، މިފަދަ މުބާރާތްތެއް ކުރިއަށްދާއިރު، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުވާކޮށްގެން ތިބޭ ފުލުހުންގެ މުއަސަސާއިން ނަމުން ނަމަވެސް ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އައްޑޫސިޓީގައި ހިންގާ މިފަދަ މުބާރާތްތަކަށް އެއްބާރުން ނުލިބުމަކީ އާއްމު ރައްޔިތުން އަދި ވަކިން ޚާއްސަކޮށް މި މުބާރާތުގެ އިންތިޒާމް ކޮމިޓީން ނުހަނު ކަންބޮޑުވާ ކަމަކެވެ.
ރަސްއޮންލައިންގެ ސަމާލުކަމަށް މިކަން އައިސްފައިމިވަނީ ރަސްއޮންލައިން މިވަގުތު އައްޑޫގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް މިކަން ފެނިނެވެ. މިފަދަ އިވެންޓެއް ކުރިއަށްދާއިރު ފުލުހުން އެއްވެސް ވަރަކަށް ހަރަކާތްތެރި ވާތަން ފެނިފައިނުވާތީ ރަސްއޮންލައިން އިންތިޒާމުކޮމިޓީގެ ޗެއަރމަން ބަދުރުއްނާސިރުއާއި ސުވާލުކުރުމުން އޭނާ ވިދާޅުވީ މުބާރާތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އައިރު ފުލުހުންގެ އެހީތެރިކަމަށް އެދި ފުލުހުންގެ މުއަސަސާއަށް ރަސްމީކޮށް މިމަހުގެ 12 ވަނަ ދުވަހު އީމެއިލްގެ ޒަރީއާއިން ސިޓީއަކުން އެދުނު ކަމަށާއި އެހެންނަމަވެސް މުބާރާތް ފެށިގެން ކުރިއަށްދާއިރުވެސް އެއަށް އެއްވެސް ޖާވާބެއް ލިބިފައިނުވާތީ މިމަހުގެ 20 ވަނަ ދުވަހު މެންބަރު އަހްމަދު ދީދީ އަމިއްލަފުޅަށްވެސް ގަން ޕޮލިސްޓޭޝަނުގެ އިސްވެރިންނަށް ގުޅުއްވި ކަމަށެވެ. އެހެންނަމަވެސްޕ އަދި މިހާތަނަށްވެސް ފޮނުވި ސިޓީ އަށް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށްވެސް ޗެއަރމަން ބަދުރުއްނާޞިރު ވިދާޅުވިއެވެ.
އެހެންކަމުން ރަސްއޮލައިން މިކަން ހިގައިދިޔަގޮތް ސާފުކުރުމަށް ފުލުހުންގެ މީޑިއާ އޮފިސަރަށް ގުޅުމުން އައްޑޫ ގަމު ޕޮލިސްޓޭޝަނާއި ހަވާލާދީ މީޑިއަރ އޮފިސަރު ވިދާޅުވީ އެބޭފުޅުން އެޓެންޑްވަމުންދާކަމަށާއި އެއިވެންޓްހިނގާ ސަރަޚައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. މިހެންފުލުހުން ވިދާޅުވި ނަމަވެސް މިއީ ކަނޑައެޅިދޮގުކަން ޚުދު ރަސްއޮންލައިންގެ ރިޕޯޓަރަށްވެސް އެނގެއެވެ. އެހެންވެ އެވަގުތުވެސް ރަސްގެ ރިޕޯޓަރުވަނީ ފުލުހުން އެތަނުގައި އެންމެ މީހަކު ދެމީހަކު ހަރަކާތްތެރިވިޔަސް ފެންނަންނެތީ ކީއްވެތޯ ސުވާލުވެސް އުފައްދާފައެވެ. އެހެނަމަވެސް މިވާހަކަ އެހާވަރަށް ދެކެވުނީތީވެސް އިންތިޒާމް ކޮމިޓީން ޤަބޫލުކޮށްގެންތިބީ ހީކޮށްގެންތިބީ އާދީއްތަ ދުވަހުގެ ހަވީރުގެ މެޗު ކުޅުނު ވަގުތު ފުލުހުން އެހިސާބުގައި ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ. އެހެންވެ މިވާހަކަ ނޫހުގައި ރިޕޯޓްނުކުރީއެވެ.
ރަސް އޮންލައިންއަކީ ޑީޑީކަޕް 2025 ގެ އޮފިޝަލް އޮންލައިން ނިވްސް މީޑިއަރ ޕާޓްނަރަށްވުމުން ރަސްއޮންލައިން ރިޕޯޓަރެއް މިމުބާރާތް ކުރިއަށްދާއިރު ދަނޑުގައި އަބަދުވެސް ހަރަކާތްތެރިވަމުންދާނެއެވެ. އެކަން ކުޅިބަލަން ތިބޭ އާއްމުންނަށް ނޭނގިދާނެއެވެ. އެނގޭކަށްވެސް ނުޖެހެއެވެ. އެހެންނަމަވެސް ފުލުހުން ހަރަކާތްތެރިވާނަމަ އެތަނަށް ކުޅިބަލަންދާ އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭނެތާއެވެ. އެނގެންވެސް ޖެހޭނެއެވެ. އެހެންކަމުން މިކަންތަކަށް ފުލުހުން ހަދާތެދުދޮގު ރަސްއޮންލައިގެ ރިޕޯޓަރަށް ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައެވެ.
މިފަދަ އިވެންޓްތަކުގައި ފުލުހުން މީގެ ކުރިންވެސް ހަރަކާތްތެރިވާކަން ފާހަގަކޮށް މިމުބާރާތުގައި ސެކިއުރިޓީ ބަލަހައްޓަން ނުތިބޭތީ އެކަމުގެ ކަންބޮޑުވުން އާއްމު ރައްޔިތުންވެސް ދަނީ ފާޅުކުރަމުންނެވެ.
ބައެއް މީހުން ބުނާގޮތުގައި ފުލުހުން މިކަމުގައި ބައިވެރިނުވަނީ މި މުބާރާރަކީ އަދުގެ ސަރުކާރާއިދެކޮޅު މަދު މަޖުލިސް މެންބަރުންގެ ތެރޭއިންވެސް، ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ވީކިހިނެއްތޯ މަޖުލިސްތެރޭއި އެންމެ ބޮޑަށް ވަކާލާތުކޮށް ވާހަކަ ދައްކަވާ މެންބަރު، މަރަދޫދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ދީދީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭ އައްޑޫގެ ރައްޔިތުންނަށްވެފައިވާ، ޚާއްސަކޮށް މަރަދޫ ދާއިރާގެ ރައްޔިތުންނަށްވެފައިވާ ވަޢުދާއި އެއްގޮތަށް އެ ވަޢުދު ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކަށްވުމުން މިއީ ސިޔާސީ ކަމަކަށް ހަދައި އެކަމަށް ފުލުހުން އެއްބާރުލުން ނުދެނީ ކަމަށެވެ.
ފުލުހުންގެ މުއަސަސާއިން މުބާރާތުގެ މެޗުތައް ކުޅޭ ގަޑީގައި އެޓެންޑްވާކަމަށް ވިދާޅުވިނަމަވެސް މުބާރާތް އިންތިޒާމް ކޮމިޓީން ފޮނުވި ސިޓީ އަށް ކުޑަމިނުން ޖަވާބު ދެއްވާފައިނުވާތާނގައި ފޯނުންވެސް ގުޅާފައި ނުވާކަމަށް އިންތިޒާމް ކޮމިޓީންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު