ޔުނައިޓެޑް އެއާލައިންގެ ބޯޓެއް --
ޔުނައިޓެޑް އެއާލައިންގެ ބޯޓެއް --
ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު މިދިޔަ ހަފްތާގައި އެމެރިކާގައި ދަތުރުކުރެއްވި މަތިންދާބޯޓެއްގައި ބޮމުގެ އިންޒާރެއް ލިޔެފައި ހުއްޓާ ފެނިގެން ބޯޓު އަނބުރާ ޖެއްސިކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ބޮމެއް އޮތް ކަމުގެ އިންޒާރު ދިނީ ޔުނައިޓެޑް އެއާލައިންގެ ވައިޑްބޮޑީ ބޮއިން 777 މަރުކާގެ ފްލައިޓެއް ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އެންޖަލީސް އަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެ ބޯޓުގައި ރާއްޖޭގެ ނައިބު ރައީސް ވެސް އިންނެވިއެވެ. އަދި ބޯޓު އެމަޖެންސީގައި ޖެއްސުމުން ބޯޓުން ފައިބާވަޑައިގެން ދެން އެމަނިކުފާނު ދަތުރު ކުރެއްވީ އެހެން ބޯޓަކުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ޔުނައިޓެޑް އެއާލައިނުންވަނީ ބަޔާނެއް ނެރެފައެވެ. އޭގައި ބުނެފައިވަނީ، އެ ބޯޓުން 339 ފަސިންޖަރުންނާއި 10 ކުރޫން ދަތުރުކުރި ކަމަށާއި އިންޒާރާ އެކު އަނބުރާ ހޮނޮލޫލޫއަށް ޖައްސާފައިވާކަމަށެވެ. ބޭރުގެ ރިޕޯޓުތަކުގައި ބުނެފައިވަނީ އެ ބޯޓުގައި އިންޒާރުގެ މެސެޖު ލިޔެފައިވަނީ ބޯޓުގެ ފާހާނާއެއްގެ ދޮރުފަތެއްގައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި މައްސަލަ އެމެރިކާގެ އެފްބީއައި އިން ދަނީ ތަހުގީގު ކުރަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން