އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ "ޑީޑީކަޕް 2025" އިލެވެން އެސައިޑް ފުޓުބޯޅަ މުބާރާތުގައި އަންގާރަ ދުވަހު ހަވީރު މައިލޯސިޓީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް މައިލޯ ބައްދަލުކުރި މެޗު 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކާއެކު މައިލޯސިޓީ އިން މެޗު ކާމިޔާބު ކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ކުޅުން ދާދި އެއްވަރެއްގައި ހުރި ނަމަވެސް މައިލޯސިޓީ އިންވަނީ ގިނަ ހަމަލާތަކެއް އުފައްދައި ޔުނައިޓެޑުގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް މައިލޯސިޓީ މިހާފުގައި ލަނޑުތަކެއް ޖަހަން ބޭނުންނުވާކަން އެޓީމުގެ ކުލުމަށް ބަލާއިރު އެގެއެވެ.
މައިލޯސިޓީ އަދި ޔުނައިޓެޑް މައިލޯ އަކީ ހިތަދޫގެ އެއްއަވަށަކަށް ނިސްބަތްވާ ދެ ޓީމެވެ. އެހެންކަމުން މިއީ އެއްބަނޑު އެއްބަފާ ދެޓީމެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބެންޗުގައި ބަހައްޓައިގެން މައިލޯސިޓީ ފުރަތަމަ ހާފުކުޅުނީ ޕްރެކްޓިސް މެޗެއް ކުޅޭ ގޮތަށެވެ. މިހާފުގައި މައިލޯސިޓީން ލަނޑެެއް ޖެހިއެވެ. އެލަނޑު ޖަހާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި އެޓީމުގެ ޖޯޒީ ނަންބަރު 22، މުޙައްމަދު ރަފާހް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 ނަތީޖާއިން ސިޓީ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފު މައިލޯސިޓީއިން ވެސް އަދި ޔުނައިޓެޑުންވެސް ފެށީ ބަދަލުކުޅުންތެރިންނާއެކުގައެވެ. އޭގެތެރެއިން ޢަލީ އަޝްފާގު، ޝަމްވީލް ގާސިމް ވަނީ ދެވަނަ ހާފުގައި ކުޅެން އަރައި އޭނާގެ އެމީހުންގެ ހުނަރު ދައްކާލާފައެވެ. ޔުނައިޓެޑުންވެސް ދިޔައީ ދަގަނޑޭ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ.
ދެވަނަ ހާފުގައި މައިލޯސިޓީ އިން ވަނީ 7 ލަނޑު ޖަހާފައެވެ. އޭގެތެރެއިން ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޖޯޒީ ނަންބަރު 7، ޢަލީ އަޝްފާގު (ދަގަނޑޭ) އެވެ. އަނެއް ތިން ލަނޑު ޖަހާފައިވަނީ ޖޯޒީ ނަންބަރު 33، އިސްމާޢީލް އީސާ (މެސީ) އާއި ޖޯޒީ ނަންބަރު 11، ޝަމްވީލް ގާސިމް(ބޮންޑާ) އަދި ޖޯޒީ ނަންބަރު 5، އިބްރާހީމް މުބީންއެވެ.
މެޗު ނިމިގެންދިޔައީ ޔުނައިޓެޑްމައިލޯއާއެކު 8-0 ގެ ބޮޑު ތަފާތަކުން މައިލޯސިޓީ އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ މައިލޯސިޓީގެ ޖޯޒީ ނަމްބަރު 7 ޢަލީ އަޝްފާގު އެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަލީ އަޝްފާގް އަށް އައްޑޫ ޑަބްލިޔުޑީސީގެ ރައީސާ ނުސްރަތު ރަޝީދު ޓްރޮފީ ހަވާލުކުރަނީ - ފޮޓޯ: ޑީޑީ ކަޕް
މިމެޗު ނިމުމާއެކު ގްރޫޕްސްޓޭޖު މެޗުތައް ކުޅެ ނިމުނީއެވެ. ދެން ކުޅޭނީ މިމުބާރާތުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލްގެ ދެމެޗެވެ. މިމެޗުތައް ކުރިއަށްދާނީ 29 އަދި 30 ވަނަދުވަހުގެ ހަވީރު 3:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު