ސޯނޫ ސޫދު
ސޯނޫ ސޫދު
ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނޫ ސޫދު ހެލްމެޓު ނާޅާ ސައިކަލު ދުއްވި މައްސަަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯނޫ ވަނީ ހެލްމެޓު އަދި އެއްވެސް ސޭފްޓީ ގިއަރެއް ބޭނުން ނުކޮށް ސައިކަލު ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެެވެ. އެ ވީޑިއޯގައި އޭނާ ސައިކަލު ދުއްވަމުން ދިޔައީ ސްޕިޓީގެ ސްނޯ ފައިބާފައިވާ މަގުތަކުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެ ވީޑިއޯ ހިއްސާ ކޮށްފައި ވަނީ މަގުމަތީގެ ރައްކާތެރިކަމާމެދު މީހުން ހޭލުންތެރި ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕޭނެއްގައި ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައި ނުވުމުން އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ސްޕިޓީގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބޮލީވުޑްގެ ތަރިއަކު ޓްރެފިކު ގަވާއިދާ ޚިލާފަށް ދުއްވާފައި ދިޔަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ކަމަށެވެ. ފުލުހުން ބުނީ މިހާރު ކުރި ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި ވީޑިއޯ އަކީ 2023 ވަނަ އަހަރު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކޮށް، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޕިޓީގެ ފުލުހުން ބުނެފައި ވެއެވެ. އަދި ޓޫރިސްޓުންވެސް އާންމުންގެ އަމަލުތައްވެސް ޓްރެފިކު ގަވާއިދާ އެއްގޮތަށް ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފަައެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން