ހައުސްފުލް 5 ގެ ޕޯސްޓަރެއް
ހައުސްފުލް 5 ގެ ޕޯސްޓަރެއް
މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "ހައުސްފުލް 5" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ބޮޑު ކާސްޓަަކާއެކު އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރު، އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑެޒް، ނަރުގިސް ފަޚުރީ، ފަރުދީން ޚާން، ނިތިކިން ދީރް، ރަންޖީތު، ޖޯނީ ލީވާ، ނާނާ ޕަޓޭކަރް، ޖެކީ، ޝްރޮފް، ސޯނަމް ބަޖްވާ، ސަންޖޭ ދަތު، ސައުންދަރިއާ ޝަރުމާ، ޗަންކީ ޕާންޑޭ، ޗިތުރަންގަދާ ސިންގް އަދި ޑީނޯ މޯރިއާ ހިމެނެއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކްރޫޒް ލައިނާއެއްގައި ހިނގާ މަރެއް ތަހުގީގު ކުރުމުގއ ތެރޭގައި ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.

މިއީ ހެއްވާ މަޖާ ފިލްމަކަށްވީއިރު، މި ފިލްމުގެ ދެ ވާޝަނެއް ސިނަމާއަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ދެ ވާޝަނުގައި އުޅޭނީ ތަފާތު ދެ ގާތިލުން ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ޖޫން 6 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް