މަރްޔަމް ނަހްދާ ވަޙީދު   29 މޭ 2025 - 7:21
ޑެމީ ލޮވާޓޯ އާއި އޭނާގެ ފިރިމީހާ
ޑެމީ ލޮވާޓޯ އާއި އޭނާގެ ފިރިމީހާ
މަޝްހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ ކައިވެނި ކޮށްފިއެވެ.

ވޯގް ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޑެމީ ކައިވެނިކޮށްފައިވަނީ ކެނެޑާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޖޯޑަން ލޫޓްސް (ޖޫޓްސް) އާއެވެ. އެމީހުން ކައިވެނިކޮށްފައިވަނީ ކެލިފޯނިއާގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ މީހުން ދިމާވީ 2022 އަހަރުއެވެ. އެގޮތުން މި ދެ މީހުން ދިމާވެފައިވަނީ ޑެމީގެ އަލްބަމެއްގެ މަސައްކަތްތަކިގެ ތެރެއިން ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ޑެމީ އާއި ޖޫޓްސް އެންގޭޖުވީ 2023 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

ޑެމީ ވަނީ މިހާތަނަށް 8 އަލްބަމް ނެރެފައެވެ. އޭނާގެ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި 'ހާޓް އެޓޭކް' އަދި 'ލެޓް އިޓް ގޯ' ފަދަ ލަވަތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން