ޓައިގާ ޝްރޮފް އާއި ޖާންވީ ކަޕޫރު
ޓައިގާ ޝްރޮފް އާއި ޖާންވީ ކަޕޫރު
ބޮލީވުޑްގެ މަޝްހޫރު ތަރިން ޓައިގާ ޝްރޮފް އާއި ޖާންވީ ކަޕޫރު އެކުގައި ބޮޑު ސްކްރީނުން ފުރަތަމަ ފަހަރަށް އެކުަގައި ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ދެ ތަރިން އެކުގައި ފެނިގެންދާނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ "ލަގް ޖާ ގަލޭ" އިންނެވެ. މި ފިލްމު ޑައިރެކްޓު ކުރާނީ ރާޖު މެހެތާ އެވެ.

ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވަނީ "ލަގް ޖާ ގަލޭ" ގެ ވާހަކަ ބިނާވެފައިވަނީ ލޯތްބާއި، ކެހިވެރިކަމާއި ބަދަލުހިފުމުގެ މައްޗަށް ކަމަށެވެ. މިއީ ރިވެންޖް އެކްޝަން ފިލްމެއް ކަމަށް ރިޕޯޓުގަކުގައި ވެއެވެ.

ޓައިގާ މިހާރު މަޝްއޫލުވެ އުޅެނީ "ބާގީ 4" ގެ ޝޫޓިން ގައެވެ. އަދި ޖާންވީ މަޝްއޫލުވެ އުޅެނީ "ސަނީ ސަންސްކަރީކީ ތުލްސީ ކުމާރީ" ގެ ޝޫޓިން ގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ތަރިން މި ފިލްމުތަކުގެ ޝޫޓިން ނިމުނުހާ އަވަހަށް "ލަގް ޖާ ގަލޭ" ގެ މަސައްކަތް ފަށާނެ އެވެ.

މި ފިލްމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަން ތާވަލު ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2026 ގެ ފަހުކޮޅުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން