ހ. ސީސައިޑް އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހު
ހ. ސީސައިޑް އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ހ. ސީސައިޑް އައިޝާ ނޫރައިން ޖަނާހު އައްޔަނު ކުރައްވައިފިއެވެ.

ޕީސީބީން މިއަދު ބުނީ، 29 މެއި 2025 ވަނަ ދުވަހު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ހ. ސީސައިޑް އައިޝާ ނޫރައިން ޖަނާހު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް މިއަދު އައްޔަނު ކުރެއްވި އައިޝާ ނޫރައިން ޖަނާހަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަންއެވެ. އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން ނޫރައިން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑުގެ ޗެއާމަންކަމުގެ މަގާމުގައި މީގެ ކުރީން ހުންނެވީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު އެވެ. ނަމަވެސް އުމަރު މަނިކު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ.

ނޫރައިން އަކީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަނު ކުރެވުނު ފުރަތަމަ އަންހެން ޗެއާޕާސަނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން