ބޮލީވުޑްގެ މަޝްހޫރު ތަރި ސިދާތު މަލްއޮތުރާގެ ފިލްމު "ޕަރަމް ސުންދަރީ" ގެ ޓީޒަރު ދައްކާލައިފިއެވެ.
މި ފިލްމަކީ ސަރަޙައްދީ ތަފާތުތަކުގެ ސަބަބުން ވަކިވެފައިވާ ލޯބިވެރިންގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ސިދާތާއެކު ލީޑުން ފެނިގެންދާނީ ބޮލީވުޑްގެ ނަންވިދާ ތަރި ޖާންވީ ކަޕޫރު އެވެ.
އިއްޔެ މި ފިލްމުގެ ކުޑަ ޓީޒަރެއް ނެރެފައިވާއިރު، ކެރެލާގައި ނަގާފައިވާ ރޮމޭންޓިކު ސީންތަކަކާއި، ޑާންސް ސީކުއެންސުތައް ފެނިގެން ދެއެވެ. އަދި ޖާންވީ ބޮޑު ވަޅިއެއް ހިފައިގެން ހިނގާ މަންޒަރާއި، ސިދާތުގެ ފަހަތުން ބަޔަކު ދުވާ މަންޒަރުވެސް ފެނިގެން ދެއެވެ.
މި ޓީޒަރު ނެރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ. އަދި ސިދާތާއި ޖާންވީގެ ޖޯޑުގެ ކެމިސްޓްރީއަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.
ޕަރަމް ސުންދަރީ ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖުލައި މަހުގެ 25 ގައެވެ.

ކިޔުންތެރިންގެ ހިޔާލު