އައްލޫ އަރުޖުން
އައްލޫ އަރުޖުން
ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ފިލްމު "ޕުޝްޕާ 2" ގައި އައްލޫ އަރުޖުން ދެއްކި ހުނަރުގެ ސަބަބުން އޭނާއަށް އެވޯޑެއް ލިބިއްޖެއެވެ.

ގައްދަރު ތަލަންގާނާ ފިލްމު އެވާޑްސްގައި އައްލޫ އަރުޖުން އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައެވެ. މި އެވޯޑު ލިބުމުން އައްލޫ ވަނީ އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ހިއްސާ ކޮށްފައެވެ.

އެ ޕޯސްޓުގައި އޭނާ ވަނީ ޕުޝްޕާގެ މުޅި ޓީމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އެވޯޑު ލިބުނީ އެ އެންމެންގެ ސަބަބުން ކަމަށްވެސް ބުނެފައި ވެއެެވެ.

ސުކުމާރު ޑައިރެކްޓު ކޮށްފައިވާ "ޕުޝްޕާ 2: ދަ ރޫލް" އަކީ އައްލޫގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ބްލޮކްބަސްޓަރެވެ. މި ފިލްމު ވަނީ ބޮކްސް އޮފީހުގެ އެތައް ރިކޯޑެއް މުގުރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން