ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
މަސައްކަތުގައި އުޅެފައި ގެއަށްދާއިރު ދަރިން ނިދާފައިތިބޭނަމަ ދެރަވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ބުނެފިއެވެ.

އެކްޓަރަކަށް ވުމުގެ އިތުރުން ސައިފް އަކީ އަމިއްލަ ޒާތީ ދިރިއުޅުމުގައިވެސް ގިނަ ރޯލުތަކެއް އަދާކުރާ ތަރިއެކެވެ. އޭގެ ތެރޭގައި ފިރިއެއްގެ ރޯލާއި ބައްޕައެއްގެ ރޯލުގެ އިތުރުން ދަރިއެއްގެ ރޯލު އަދާކުރުން ހިމެނެއެވެ. މި ހުރިހާ ކަމެއްވެސް އޭނާ ވަރަށް ރަނގަޅަށް ބެލެންސް ކުރެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ މަސައްކަތް ނިންމާފައި ގެއަށް ދާން ބޭނުންނުވާ ސަބަބު ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ބުނީ މަސައްކަތުގައި އުޅެފައި ގެއަށް ދާއިރު ދަރިންނިދާފައި ތިބޭތީ ދެރަވާކަމަށެވެ. އަދި ދަރިންނާއެކު ކޮލިޓީ ވަގުތު ހޭދަ ނުކުރެވޭތީ ދެރަވާ ކަމަށްވެސް އޭނާ ވަނީ ބުނެފައިވެއެވެ.

ސައިފް ބުނީ ފިލްމީ ދާއިރާގައި ކާމިޔާބު ވެވުނީ ރޫޓީން އެއް ކަނޑައަޅައި، އާއިލާއަށް ދޭންޖެހޭ ވަގުތުވެސް ދިނުމުން ކަމަށެވެ. އޭނާ ބުނީ އޭނާގެ ދަރިންނަށް ސްކޫލު ޗުއްޓީ ލިބޭއިރު، އޭނާ އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެކުދިންގެ ޗުއްޓީއާ ދިމާކޮށް އަބަދުވެސް ޗުއްޓީ ނަގައި އާއިލާއާއެކު ވަގުތު ހޭދަ ކުރާ ކަމަށް ސައިފް ވަނީ ބުނެފައެވެ.

ސައިފް އެންމެ ފަހުން ފެނިފައި ވަނީ މިއަހަރު ނެރުނު "ޖުވެލް ތީފް" އިންނެވެ. މި ފިލްމަކީ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން