ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ސަރުކާރުން ފުޅާދާއިރާއެއްގައި އިންވެސްޓް ކުރަށްވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން 2028 ވަނަ އަހަރާ ހިސާބަށް ދާއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި މަސްދަރުތަކުން ހޯދާ ހަކަތައަށް ހެދުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތައް ހަރުދަނާކުރުމުގެ ތެރެއިން، ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމުގެ ކަންކަން ދެކޮޅު ޖައްސަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއިދިނުމަށްޓަކައި ސަރުކާރުން ވަނީ، މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޔުޓިލިޓީ ބިލުތަކުން ޑިސްކައުންޓުދީ، ވަކި މިންވަރެއް މަޢާފް ކޮށްދީފައެވެ. ހަމައެހެންމެ ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާވެސް މަޢާފު ކޮށްދީފައިވެއެވެ.
އޭގެއިތުރުން ބައިނަލްއަގުވާމި ގޮތުން ފާހަގަކުރާ ސާފު ހަކަތައިގެ ދުވަހު ރައީސް ވިދާޅުވެފައިވަނީ، ރާއްޖެ ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު