ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" ގެ ފަރާތުން ވަރުގަދަ އިންޒާރެއް ނެރެފިއެވެ.
ސޯޝަލް މީޑިއާއަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދޫކޮށްލި މި އިންޒާރަކީ "އިމޯޝަނަލް ޑެމޭޖް" އިންޒާރެކެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ މި ފިލްމަކީ ޖަޒުބާތުން ފުރިގެންވާ ފިލްމެއް ކަމަށާއި، ވަރަށް ހިތާމަވެރި، ލޮލުން ކަރުނަ އޮއްސާލަން މަޖުބޫރުވާފަދަ ސީންތައް މި ފިލްމުގައި ހިމެނޭ ކަމަށެވެ.
އެހެންކަމުން ފިލްމު ބަލަން ސިނަމާއަށް ދުރުވާއިރު ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާމެދު ވިސްނައި، ނޭފަތުން ފައިބާ ބަޓަރާއި، ލޮލުން އޮހޮރޭ ކަރުނަ ފޮހޭނެ ޓިޝޫ ގެނައުމަށް ފިލްމުގެ ޓީމުން ވަނީ އިލްތިމާސް ކޮށްފައެވެ.
ނޭފަތުން ބަޓަރު ފޭބުމާއި، މޭކަޕު ހަޑިވުމާއި، ކުއްލިއަކަށް ބައިވެރިޔާ ބޭނުންވުން ފަދަ އެއްވެސް ކަމެއްގައި ފިލްމުގެ ޓީމުން ޒިންމާ ނުވާނެ ކަމަށްވެސް ޕޯސްޓުގައި ވެއެވެ.
މި ފިލްމު އިޝްތިހާރު ކުރަމުންދިޔައިރުވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ މި ފިލްމަކީ ވަރަށް އަސަރުގަދަ ފިލްމަކަށް ވާނެ ކަމުގެ އިޝާރާތްތައް ކޮށްފައެވެ. އަދި މިހާރު ދޫކޮށްލި މި ވަރުގަދަ އިންޒާރުންވެސް މިއީ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ ކަން ޔަގީން ވެގެން ދެއެވެ.
ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމަކީ ބަލައިފި ކޮންމެ މީހެއްގެ ހިތުން އަސަރު ފިލައިގެންނުދާނެ ފަދަ ފިލްމެއް ކަމުގެ ޔަގީންކަން އޮތް ފިލްމެކެވެ. ވީމާ ޖޫން 17 ކަލަންޑަރުގައި ފާހަގަ ކޮށްލުމަށްފަހު، އެންމެންވެސް ޓިޝޫ ގަނެ ފިލްމު ބަލާލަން ދިއުމުގެ ތައްޔާރީތައް ކުރުމަށް އަވަސް ވެގަންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު