ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖަލްގެ ފިލްމު "މާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މިއީ ކާޖަލް ބިރުވެރި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ކާޖަލް ފެނިގެންދާނީ ޝައިތާނީ ވަސްވާހުން ދަރިފުޅު ސަލާމަތްކުރަން އުޅޭ، ބިރުކުޑަ މަންމައެއްގެ ސިފައިގައެވެ.
އެގޮތުން ދަރިފުޅު ސަލާމަތް ކުރުމަށް ޝައިތާނުންނާ ކުރިމަރިލުމުގެ ތެރޭގައި ދިމާވާ ބިރުވެރި އެތައް ކަމެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ފިލްމަކަށްވީއިރު، މި ފިލްމު ޕްރޮޑިއުސް ކުރާނީ އަޖޭ ދޭވްގަން އެވެ. ކާޖަލްގެ އިތުރުން މި ފިލްމުގެ މުހިންމު ތަރިންގެ ގޮތުގައި އިންދްރަނޭލީ ސެންގުޕްތާ، ޖިތިން ގުލާޓީ އަދި ހެރިން ޝަރުމާ ފެންނާނެއެވެ.
މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން މަހުގެ 27 ގައެވެ.

ކިޔުންތެރިންގެ ހިޔާލު