ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި އަމާންކަމާއި ލޯބީގެ މާޙައުލެއް ޤާއިމުކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އެހެންނަމަވެސް ބައެއް މައިންބަފައިން އެމީހުންގެ ދަރިން ތަރުބިއްޔަތު ކުރަނީ ވަރަށް ބިރުވެރިކަން އިހުސާސްކުރެވޭ ފަދަ މާހައުލެއްގައެވެ.
އާންމުގޮތެއްގައި މިފަދަ މާހައުލެއްގައި ދަރިން ތަރުބިއްޔަތު ކުރަން މައިންބަފައިން ނިންމަނީ ދަރިންގެ އަހުލާގު ރަނގަޅު ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، މިފަދަ މާހައުލެއްގައި ދަރިން ތަރުބިއްޔަރު ކުރާނަމަ އެކުދިންނަށް ލިބޭ ފައިދާތަކަށްވުރެ ބޮޑީ ގެއްލުމެވެ. މިފަހަރު މި ހިމަނާލަނީ ބިރުވެރިކަން އިހުސާސްކުރެވޭ ފަދަ މާހައުލެއްގައި ދަރިން ތަރުބިއްޔަތު ކުރުމުން ލިބޭ ގެއްލުންތަކެވެ.
އުނގެނެން އުނދަގޫވުން
ހަރުކަށި މާހައުލެއްގައި ދަރިފުޅު ތަރުބިއްޔަތު ކުރާނަމަ އެކުދިންނަށް އުނގެނެން އުނދަގޫވެއެވެ. މިފަދަ މާހައުލެއްގައި ބޮޑުވާ ކުދިންގެ ފަރާތުން މައިންބަފައިން ވަރަށް ގިނަ ކަންތައްތައް އުންމީދު ކުރެއެވެ. އަދި އެކަމުގެ ސަބަބުން ދަރިފުޅަށް އޮންނަ ޕްރެޝަރު ބޮޑުވެ އޭގެ އަސަރު ކުއްޖާގެ ގްރޭޑުތަކަށް ކުރެއެވެ.
އަމިއްލަ ނަފްސަށް އިތުބާރު ނުކުރުން
ހަރުކަށި މާހައުލެއްގައި ދަރިން ތަރުބިއްޔަތު ކުރާނަމަ އެކުދިންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ދެއެވެ. އާންމު ގޮތެއްގައި އެފަދަ މާހައުލެއްގައި ބޮޑުވާ ކުދިންނަށް ވަރަށް ގިނަ ކަންތައްތައް މަނާ ވެއެވެ. އަދި އެކަމުގެ ސަބަބުން އެކުދިންނަަށް ގިނަ ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ގެއްލިގެން ދެއެވެ.
މައިންބަފައިންނާ އޮންނަ ގުޅުން ހީނަރުވޭ
ހަރުކަށޮ މާހައުލެއްގައި ދަރިން ތަރުބިއްޔަތު ކުރާނަމަ އެކުދިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ޖަޒުބާތީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދެއެވެ. މައިންބަފައިންގެ ލޯބި ހޯދުމުގެ ބަދަލުގައި އެފަދަ ކުދިން ތިބެނީ މައިންބަފައިންނަށް ބިރުންނެވެ. އަދި މިކަމުގެ ސަބަބުން ދަރިން ބޮޑު ވަމުންދާ ވަރަކަށް މައިންބަފައިންނާ ދުރުވާން ފަށައެވެ.

ކިޔުންތެރިންގެ ހިޔާލު