ކަމަލްގެ "ތަގު ލައިފް" ގެ ޕޯސްޓަރު
ކަމަލްގެ "ތަގު ލައިފް" ގެ ޕޯސްޓަރު
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ކަމަލް ހާސަންގެ ފިލްމުތައް ކަރްނަޓަކާގައި ބޭން ކޮށްފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަމަލް ވަނީ ތަމަޅަ އާއި ކަރްނަޓަކާއާ ގުޅުވައި ވަރަށް ކޮންޓްރޮވާޝަލް ވާހަކަތަކެއް ދައްކާފައެެވެ. އެގޮތުން އޭނާ ބުނެފައިވަނީ ކައްނަޑާ ބަހުރުވަ އުފަންވެފައިވަނީ ތަމަޅަ ބަހުން ކަމަށެވެ. އޭނާގެ މި ކޮމެންޓުގެ ސަބަބުން އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

މި މައްސަލަ ހޫނު ވުމުގެ ސަބަބުން ދަ ކަރްނަޓަކާ ފިލްމު ޗެމްބާ އޮފް ކޮމާސް (ކޭއެފްސީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަމާގުޅޭ ގޮތުން ކަމަލް މައާފަށް ނެއެދޭނަމަ އޭނާގެ ފިލްމުތައް ކަރްނަޓަކާގައި އެޅުވުން މަނާ ވާނެ ކަމަށެވެ. އަދި މިއީ ތިއޭޓަރުތަކުގެ ވެރިންނާއި ފިލްމު ޑިސްޓްރިބިއުޓްކުރާ ފަރާތްތަކުން އެދޭ ގޮތް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކަރްނަޓާގެ މިނިސްޓަރ ޝިވާރާޖް ތަންގަޑާގީވެސް ވަނީ ކޭއެފްސީސީގެ ނިންމުމަށް ތާއީދުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ދެދުވަސްތެރޭ ކަމަލް މައާފަށް ނޭދޭނަމަ، އޭނާގެ ހުރިހާ ފިލްމެއް ބޭންވާނެ ކަމަށްވެސް ޝިވާރާޖް ވަނީ ވިދާޅުވެފައެވެ.

ކަމަލްގެ ކުރިއަށް އޮތް ފިލްމު "ތަގް ލައިފް" ނެރުމަށް ހަމަޖެހިފައިވަނީ ޖޫން 5 ގައެވެ. ވީމާ ކަމަލް މައާފަށް ނޭދޭނަމަ މި ފިލްމުވެސް ކަރްނަޓަކާގައި އެޅުވުން މަނާ ވާނެ ކަމަށް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން