ކާތިކު އާއި އަނަންޔާ
ކާތިކު އާއި އަނަންޔާ
ބޮލީވުޑްގެ މަޝްހޫރު ކާތިކު އާރިޔަން އާއި އަނަންޔަ ޕާންޑޭ އެކުގައި ބޮޑު ސްްކްރީނުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެގޮތުން މި ދެ ތަރިން އެކުގައި ފެނިގެންދާނީ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" އިންނެވެ. މި ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު، ކްރޮއޭޝިއާގައި ޝޫޓުކޮށްފައިވާ ބައެއް މަންޒަރުތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

އަނަންޔާ މި ފިލްމުގެ ކާސްޓާ ގުޅިފައި މިވަނީ އޭނާގެ ފިލްމު "ޗާންދް މެރާ ދިލް" ގެ ޝޫޓިން ނިންމާލުމަށް ފަހުއެވެ.

މި ފިލްމު ޑައިރެކްޓުކުރާނީ ސަމީރު ވިދްވާންސް އެވެ. މިއީ އޭނާ ކާތިކްއާއެކު މަސައްކަތް ކުރާ ދެވަނަ ފަހަރެވެ.

ކާތިކު އާއި އަނަންޔާ ވަނީ މީގެ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން މި ދެ ތަރިން އެކުގައި ފެނިފައިވަނީ "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން