އާމިރު ޚާން، ފޮޓޯ: ގޫގުލް
އާމިރު ޚާން، ފޮޓޯ: ގޫގުލް
ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޕްރޮޑިއިސަރު އާމިރު ޚާންގެ ފިލްމު "މަހާބާރަތު" އަކީ އޭނާގެ ޕްރޮޑަކްޝަން ކެރިއަރުގެ އެންމެ ފަހު ފިލްމަށް ވެދާނެ ކަމަށް އާމިރު ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާމިރު ބުނީ "މަހާބާރަތު" އަކީ އޭނާގެ 'ޑްރީމް' ޕްރޮޖެކްޓު ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ އެންމެ ފަހު އަދި ފައިނަލް ޕްރޮޖެކްޓަށްވުން އެކަށީގެންވާ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

އާމިރު ބުނީ މި ޕްރޮޖެކްޓަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި ފިލްމު ޕްރޮޑިއުސަރެއްގެ އުމުރު ދުވަހުގެ ތަޖުރިބާ އާއި މަސައްކަތް "މަހާބާރާތު" ފަދަ ޕްރޮޖެކްޓަކަށް ބޭނުންވާނެ ކަމަށެވެ.

މަހާބާރަތު އަކީ މީތޮލޮޖިކަލް ފިލްމަކަށްވީއިރު މި ފިލްމުގައި ހުރިހާ ޖަޒުބާތުތަކެއް އެކުލެވޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން