ކުރިއަށް އޮތް އަޟްހާ އީދުގެ އުފާ މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާކަމަށް އެމްއެމްޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ "އީދު ހަވީރު 1446" ގެ ނަމުގައި މާލެ ސަރަހައްދުގައި މި ފަހަރުގެ ބޮޑު އީދު ފާހަގަކުރާނީ ގައުމީ ފެންވަރުގައި ކަމަށެވެ.
އެގޮތުން އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެ ހަރަކާތްތައް އޮންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ހަރަކާތްތަކަކީ ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. އަދި މި ހަރަކާތްތައް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން ފެށިގެން ކަމަށްވެސް ބުނެފައި ވެއެވެ.
މި ހަރަކާތްތައް އިންތިޒާމް ކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހަރަކާތްތަކު0ގެ ތެރޭގައި ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހީން ކުޅެ އުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އަދި ހަމަ އެހެންމެ ޒަމާނީ ކެރެކްޓާތައް ފިއުޝަން ގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި އީދު ހަވީރުގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެ އެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިމެނެއެވެ.
އަދި ސިފައިންގެ ބޭންޑުގެ ހަރަކާތްތަކާއި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ފެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި އަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ދެން ހިމެނެނީ ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.

ކިޔުންތެރިންގެ ހިޔާލު