ދަރިން ފުރާވަރަށް ދާއިރު އެކުދިންނަށް ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްވެފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ހުނަރުތައް ދަސްވެފައި ހުރުމުން ކުދިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމަޢުގައި ފައިހަމަކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ކުދިންގެ އަމިއްލަ އިތުބާރު އިތުރުވެ، އެކުދިންނަކީ މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށް ވެގެން ދެއެވެ.
ތިރީގައި މި ހިމަނާލަނީ ފުރާވަރަށް ދާއިރު ކޮންމެ ކުއްޖަކަށް އެނގެން ޖެހޭ 3 ހުނަރެވެ.
އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުން
މީގެ ތެރޭގައި ގަވާއިދުން ފެންވެރުމާއި، ދަތްއުނގުޅުމާއގުޅުމާއި، ހެދުން ދޮވެ ސާފުކޮށް ބޭނުންކުރުން ހިމެނެއެވެ. މިކަންކަން ދަސްވެފައި ހުރުމުން ކުދިންނަށް ޞިއްޙީގޮތުން ދިމާވާ އެކި މައްސަލަތަކުން ސަލާމަތްވެ، ރަނގަޅު ޞިއްޙަތެއްގައި ހުރެވޭނެއެވެ. އަދި މުޖުތަމަޢުގައި އެހެން މީހުންނާ ގުޅިގެން އުޅުމަށްވެސް ފަސޭހަވެގެންދާނެއެވެ.
ވަގުތު ބެލެހެއްޓުން
ފުރާވަރަށް ދާއިރު ކުދިންނަށް ވަގުތު ބެލެހެއްޓުމުގެ މުހިންމުކަން އެނގި، އެކަން ރަނގަޅަށް ދަސްވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ތެރޭގައި ގަޑިއަށް ހޭލުމާއި، ސްކޫލަށް ދިއުމާއި، ގޭގެ މަސައްކަތްތައް ކުރުމާއި، ކިޔެވުމަށް ވަގުތު ހޭދަކުރުން ހިމެނެއެވެ. ވަގުތު ބެލެހެއްޓުމުގެ ހުނަރު ދަސްވެފައި ހުރުމުން ކުދިންނަށް ތަޢުލީމީ ދާއިރާގައި ކުރިއެރުން ލިބި، މުސްތަޤުބަލުގައި ވަޒީފާގެ ދާއިރާގައިވެސް ކާމިޔާބު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
މުވާސަލާތު ކުރުން
ފުރާވަރަށް ދާއިރު ކުދިންނަށް އެހެން މީހުންނާ ވާހަކަ ދެއްކުމާއި، އަޑުއެހުމާއި، ލިޔެކިޔުމުގެ ހުނަރު ރަނގަޅަށް ދަސްވެފައި އޮތުން މުހިންމެވެ. މީގެ ތެރޭގައި އަދަބުވެރިކަމާއެކު ވާހަކަދެއްކުމާއި، އެހެން މީހުންގެ ޝުޢޫރުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލަ ޝުޢޫރުތައް ރަނގަޅު ގޮތުގައި ފާޅުކުރަން ދަސްވުން ހިމެނެއެވެ. މި ހުނަރުތައް ދަސްވެފައި ހުރުމުން ކުދިންނަށް އެހެން މީހުންނާ ގުޅުން ބަދަހިކޮށް، މުޖުތަމަޢުގައި ކާމިޔާބު ހޯދުމަށް ފަސޭހަވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު