މަރްޔަމް ނަހްދާ ވަޙީދު   6 ޖޫން 2025 - 3:27
ޖާތު ގެ ޕޯސްޓަރު
ޖާތު ގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލްގެ "ޖާތު" ނެޓްފްލިކްސް އަށް ނެރެފިއެވެ.

މި ފިލްމު ނެޓްފްލިކްސް އަށް ނެރެފަައިވަނީ 5 ޖޫން ގައެވެ. ފިލްމު ނެރުމާއެކު އެތައް ބަޔަކު ވަނީ މިއަށް ތައުރީފު ކޮށްފައެވެ. އަދި ސަނީގެ އިތުރުން ފިލްމުގައި ވިލަންގެ ރޯލުން ފެނިގެންދާ ރަންދީޕް ހޫޑާ އާއި ވިނީތު ކުމާރުގެ އެކްޓިން އަށްވެސް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަައެވެ.

ގޯޕީޗާންދު މަލިނޭނީ ޑައިރެކްޓުކުރި މި ފިލްމު ސިނަމާތަކަށް ނެރުނީ އެޕްރިލް 10 ގައެވެ. މި ފިލްމު ދިނަމާތަކުގައި ހަތަރު ވަރަކަށް ހަފްތާއަށް ވަނީ އަޅުވާފައެވެ.

މި ފިލްމަކީ އާންމު ދިރިއުޅުމުގައި ކުރިމަތިވެފައިވާ ބައެެއް ހާދިޘާ ތަކަށް ނިސްބަތް ކޮށް އުފައްދާފައިވާ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން