ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ހައުސްފުލް 5" ގެ ޕްރީ ބުކިން އަށް ހުޅުވާލާފައިވާއިރު، މިހާރު މި ފިލްމުގެ 95،000 ޓިކެޓު ވިކިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވަނީ "ހައުސްފުލް 5" ގެ ޕްރީބުކިން ހުޅުވާލުމާއެކު ފިލްމަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ޕީވީއާރު އިނޮކްސް އިން 75،500 ޓިކެޓު ވިކިފައިވާއިރު ސިނެޕޮލިސް އިން ވިކުނީ 19،250 ޓިކެޓެވެ.
އަދި މި ފިލްމު މިއަދު އަޅުވާއިރު ފިލްމުގެ ޕްރީ ސޭލްގެ ގޮތުގައި 1.10 ލައްކަ ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މިއީ މިއަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން 3 ވަނަ އަށް ޕްރީބުކިންގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމު ކަމަށް ރިޕޯޓުގައި ވެއެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ބޮޑު ކާސްޓަަކާއެކު އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރު، އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑެޒް، ނަރުގިސް ފަޚުރީ، ފަރުދީން ޚާން، ނިތިކިން ދީރް، ރަންޖީތު، ޖޯނީ ލީވާ، ނާނާ ޕަޓޭކަރް، ޖެކީ، ޝްރޮފް، ސޯނަމް ބަޖްވާ، ސަންޖޭ ދަތު، އަދި ސައުންދަރިއާ ޝަރުމާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު