އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސްގެ ތަހުނިޔާ މެސެޖުގައި ވިދާޅުވީ މި އުފާވެރި މުނާސަބަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގެން، އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުތައް ނިންމަވާލައްވަމުން، ރައީސް ވަނީ އެ ގައުމުތަކުގެ ވެރިންނަށާއި، ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، އިތުރު ފަހި ފުރުޞަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު