ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް
ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު މަސްދަރުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކަންދޭންޖެހޭނީ ދިވެހި ޤައުމާއި ރައްޔިތުންނަށް ކަމަށެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ ޤައުމާއި ރައްޔިތުންގެވެސް މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށާއި ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު ފަލަކޮށް ދަމާލުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ޤައުމުތަކުން އެހީ ހޯދުމުގައި ފެނިގެންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލު ހިފެެހެއްޓުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގައުމުތަކާ ގާތްގުޅުން އުފެދި، އެ ޤައުމުތަކުން އެކަން ބަލައިގަންނަމުންދާ ކަމަށެވެ.

އަދި ޤައުމުތަކާ ގާތް ގުޅުމެއް އުފެދެނީ ޚާރިޖީ ސިޔާސަތުގެ ތެދުވެރިކަން ހާމަވަގެންދާތީ ކަމަށްވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން