ހައުސްފުލް 5 ގެ ޕޯސްޓަރެއް
ހައުސްފުލް 5 ގެ ޕޯސްޓަރެއް
ބޮޑު ކާސްޓަކާއެކު އުފެއްދި ހައުސްފުލް 5 އިއްޔެ ސިނަމާތަކަށް ނެރެފައިވާއިރު، މި ފިލްމަކީ ހީކުރިހާ މަޖާ ފިލްމަކަށް ނުވި ކަމަށް ވަރަށް ގިނަ ރިވިއުތަކުގައި ބުނެފިއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރު، އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑެޒް، ނަރުގިސް ފަޚުރީ، ފަރުދީން ޚާން، ނިތިކިން ދީރް، ރަންޖީތު، ޖޯނީ ލީވާ، ނާނާ ޕަޓޭކަރް، ޖެކީ، ޝްރޮފް، ސޯނަމް ބަޖްވާ، ސަންޖޭ ދަތު، އަދި ސައުންދަރިއާ ޝަރުމާ ހިމެނެއެވެ.

މިއީ ކްރޫޒި ލައިނާއެއްގައި ހިނގާ މަރު ހާދިސާއެއް ތަހުގީގު ކުރުމުގެ ތެރޭގައި ދިމާވާ ކަންކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމު އިޝްތިހާރު ކޮށްފައިވަނީ ކޮމެޑީ ފިލްމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެކަން ފިލްމުގައި ދެއްކިފައި ނުވާ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ފިލްމުގައި ހެއްވާލާ ބައިތަކަށް ވުރެން ބަލާމީހާ ބޯހާސް ކޮށްލާ ބައިތައް މާ ގިނަ ކަމަށްވެސް ގިނަ ފަރާތްތަކުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފިލްމުގެ ވާހަކަ ލިޔެފައިވާ ގޮތާއި ބަސްމަގުވެސް ކަމު ނުދާކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފަައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން