މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުން 2027 ގައި 6 ބިލިއަން ޑޮލަރު ހޯދުން ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީ ގަތުމެއްގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން 6 ބިލިއަން ޑޮލަރު ހޯދުމުގެ ލަނޑުދަނޑި ހާސިލްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ވައިގެ މަގުން ދަތުރުފަތުރު ކުރުމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 80 އިންސައްތައަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލަން އަންނަ މީހުންކަން ފާހަގަ ކުރަށްވަމުން މިނިސްޓަރު ވިދާޅުވީ، 6 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒަށް ވާސިލް ވެވިއްޖެނަމަ ރާއްޖޭގެ އިގްތިޞާދަށް ބޭރު ފައިސާ އިތުރަށް ލިބި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މިއަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ ލަނޑުދަނޑިއަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އަންދާޒާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން