މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ.
މިއަދު އައި އިންޑިގޯ ފްލައިޓުން ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ކާޖަލް ސިންގ އެވެ. މިއީ ކާޖަލް ސިންގ ރާއްޖެ އައި ފުރަތަމަ ފަހަރެވެ، އޭނާ ރާއްޖެ އައީ ބައިވެރިޔާ އާއި އެކު، މަލަހިނީ ކުޑަބަނޑޮސް ރިސޯޓުގައި ހަނީ މޫން ހޭދަކޮށްލުމަށެވެ.
މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވާ ކާޖޯލް އަށް މިއަދު އެއާޕޯޓުން މަރުހަބާ ކީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ޠާރިޤު އިބްރާހީމް އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި އަހަރެއްގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން އެންމެ އަވަހަށް ހަމަވި އަހަރުވެސް މެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި (އެމް.އެމް.ޕީ.އާރް.ސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް ވަނީ ހޫނު މަރުހަބާއެއް މިއަދު ކިޔާފައެވެ.
މިކާމިޔާބީ ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ، މިލަނޑުދަޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ، ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން، އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކުތައްވައި އެފަރާތްތަކަށް މިނިސްޓަރ ތޯރިޤުވަނީ ޝުކުރު ދަންނަވާފައެވެ.
"މި ކާމިޔާބަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވެވޭނޭ ކަމުގެ ހެއްކެއް." އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
"ސިނާއަތުގެ ހުރިހާ މަސްލަހަތުވެރީންނާއެކު މި މުހިންމު ކާމިޔާބީ ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކާމިޔާބީ ހޯދުމުގައި އެބޭފުޅުންގެ ހިތްވަރާ ބުރަ މަސައްކަތް އަގު ނުކުރެވޭހާ މުހިންމު ދައުރެއް އަދާކުރޭ. އަޅުގަނޑުމެންގެ އަޒުމު މިހިސާބުން ނިމުމަކަށް އައީކީ ނޫން. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށާއި، ސަނީ ސައިޑް އޮފް ލައިފް އަކީ އަބަދުވެސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ކަށަވަރުކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދާނަން." އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
އެއް މިލިއަންވަނަ ފަތުރުވެރިޔާގެ ހައިސިއްޔަތުން ކާޖަލް ސިންގް އަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ 'ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވެ ހުޅުލޭގައި ގަހެއްވެސް އިންދާފައެވެ.

We’ve officially welcomed our 1 Millionth visitor today!
— Ministry of Tourism and Environment (@MoTmv) June 7, 2025
What an incredible milestone — and the fastest we’ve ever reached it! pic.twitter.com/YCHvb1toxV

ކިޔުންތެރިންގެ ހިޔާލު