އާމިރު ޚާން، ފޮޓޯ: ގޫގުލް
އާމިރު ޚާން، ފޮޓޯ: ގޫގުލް
މިމަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު" ގެ ސްކްރިޕްޓު ވަރަށް ކަމުދިޔަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ލީޑު ތަރި އާމިރު ޚާން ބުނެފިއެވެ.

ދާދި ފަހުން ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި އާމިރު ވަނީ މި ފިލްމަކީ އޭނާގެ "ކަމްބެކް" ފިލްމު ކަމުގައި ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އޭނާ ބުނެފައިވަނީ މިއީ ކަންބެކް ފިލްމެކޭ ނުބުނެވޭނެ ކަމަށާއި، އޭނާގެ ފިލްމުތައް ކޮންމެ 3 އަހަރަކުން އެއްފަހަރުހެން ނެރޭ ކަމަށެވެ.

އޭނާ އިތުރަށް ބުނީ "ސިތާރޭ ޒަމީން ޕަރު" ގެ ސްކްރިޕްޓު ފެނުމާއެކު އެއިން ވަރަށް އަސަރު ކުރި ކަމަށާއި، އެ ސްކްރިޕްޓު ވަރަށް ކަމުދިޔަ ކަމަށެވެ. އަދި އެހެންވެ "ތާރޭ ޒަމީން ޕަރު" އެކޭ އެއްފަދައިން މި ފިލްމާއިގެން ކުރިއަށްދާން ބޭނުންވީ ކަމަށް އޭނާވަނީ ބުނެފައެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ވިސްނުންކޮށި ފިރިހެނުންތަކެއް ކުޅިވަރުގެ ޒަރިއްޔާއިން އެމީހުންގެ ނަފްސު އަލުން ހޯދުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.

ސިތާރޭ ޒަމީން ޕަރު ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 20 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން