ސަގާފީ ކުޅިވަރުގެ ނަމުގައި ކުރާ މުންކަރާތްތަކާއި ބަދުއަޚުލާގީ އަމަލުތަކުން މުސްލިމުން ދުރުވާން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ އެކު ހިސާބުތަކުގައި ދަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. ބައެއް އީދު ހަރަކާތްތަކުގެ ތެރެއިން އިޖުތިމާއީ މިންގަނޑުން ބޭރު ކަންތައްތައް ފާހަގަ ވަމުންދާތީ މިކަންކަމަށް މީސް މީޑިއާގައި އާންމުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
މިފަދަ ކަންކަމަށް އިޝާރާތްކުރައްވައި ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އީދަކީ މި އުންމަތަށް ﷲ ދަރުމަ ކުރެއްވި އެންމެ މަތިވެރި އެއް ޝިއާރު ކަމަށެވެ.
އަދި އަޟްހާ އީދަކީ އިސްލާމްދީނުގެ އެންމެ ބޮޑު އަޅުކަމާ ގުޅިގެން އަންނަ އީދެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ މި އީދަކީ ﷲ މަތިވެރިކުރުމަށް އޮތް އީދެއް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އީދުގައި ސަގާފީ ކުޅިވަރުތައް ކުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެ ކަންކަމުގެ ނަމުގައި ކުރާ މުންކަރާތްތަކާއި ބަދުއަޚުލާގީ ކަންކަމުން މުސްލިމުން އެއްކިބާވާންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފަހަރުގެ އީދު ބަންދު ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީންނާއި، ސަރުކާރުގެ އެކި މިނިސްޓްރީތަކުންވެސް ވަނީ އީދު ފާހަގަ ކުރުމުގައި އިޖުތިމާއީ މިންގަނޑުގެ ތެރެއިން ހަރަކާތްތައް ރޭވުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު