'ހެޑް އޮފް ސްޓޭޓްސް' ގެ ޕޯސްޓަރު
'ހެޑް އޮފް ސްޓޭޓްސް' ގެ ޕޯސްޓަރު
މަޝްހޫރު ގްލޯބަލް އައިކޮން ޕްރިޔަންކާ ޗޯޕްރާގެ ފިލްމު 'ހެޑް އޮފް ސްޓޭޓްސް' ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިލިއާ ނައިޝްލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ އިނގިރޭސިވިލާތުގެ ސިއްރު އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ މެމްބަރެއް ކަމަށްވާ އެމްއައި6ގެ އޮފިސަރެއްގެ ރޯލުންނެވެ.

"ހެޑް އޮފް ސްޓޭޓް"ގެ ޓްރެއިލާ ބަލާލުމަށްފަހު ވަރަށް ގިނަ ބަޔަކު ވަނީ ޕްރިޔަންކާއަށް ތައުރީފު ކޮށްފައެވެ.

ޕްރިޔަންކާއާ އެކު މި ފިލްމުގެ ލީޑް ރޯލްތަކުން ފެނިގެންދާނީ ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ ޖޯން ސީނާ އާއި އިދްރިސް އެލްބާ އެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖުލައި 2 ގައެވެ. އަދި މި ފިލްމު ނެރޭނީ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ އެމެޒަން ޕްރައިމް އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން