އަމީތާބް ބައްޗަން
އަމީތާބް ބައްޗަން
މިހާރު ސިނަމާތަކުގައި އަޅުވަން ފަށާފައިވާ ފިލްމު "ހައުސްފުލް 5" ގައި ފުލުހެއްގެ ފޯލު ކުޅެން ބޮލީވުޑްގެ މެގަސްޓާރު އަމީތާބު ބައްޗަން އަަށް ފުރުދަތު ލިބުނުކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގެ ރިޕޯޓެއްގައި ބުނީ އެ ފިލްމުގައި ސީނިއާ ފުލުހެއްގެ ރޯލު ކުޅުމުގެ ފުރުސަތު އަމީތާބަށް ލިބުނު ކަމަށާއި، އެހެންނަމަވެސް އަމީތާބު މިހާރު ރޯލުތައް ނަގަނީ ވަރަށް ވިސްނާފައި ކަމުން، އެ ރޯލު ދޫކޮށްލީ ކަމަށެވެ.

އަދި އަމީތާބު އެ ރޯލު ދޫކޮށްލުމުން ދެން އެ ރޯލު ނާނާ ޕަޓޭކަރު އަށް ދިނީ ކަމަށް ރިޕޯޓުގައި ވެއެވެ.

މިއީ ވަރަށް ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަކްޝޭ ކުމާރު، އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑެޒް، ނަރުގިސް ފަޚުރީ، ފަރުދީން ޚާން، ނިތިކިން ދީރް، ރަންޖީތު، ޖޯނީ ލީވާ، ނާނާ ޕަޓޭކަރް، ޖެކީ، ޝްރޮފް، ސޯނަމް ބަޖްވާ، ސަންޖޭ ދަތު، އަދި ސައުންދަރިއާ ޝަރުމާ އެވެ.

"ހައުސްފުލް 5" ނެރުމުން ފުރަތަމަ ދުވަހު ކޮންމެވެސް ވަރަކަށް ނެގެޓިވް ރިވިއުތައް ލިބުނު ނަމަވެސް، މި ފިލްމަށް ގިނައިން ލިބެމުންދަނީ ރަނގަޅު ރިވިއުތަކެވެ. މި ފިލްމުގެ ދެ ވާޝަނެއް ނެރެފައިވާއިރު، ދެ ވާޝަންވެސް ބެލުންތެރިންނަށް ކަމުދިޔަ ކަމަށް ރިޕޯޓިތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން