ކަރަން ޖޯހަރު
ކަރަން ޖޯހަރު
މިހާރު ބޮލީވުޑްގެ މަޝްހޫރު ބޮޑެތި ސްޓާރުން އެއް ފިލްމަކަށް ގެންނަން އުނދަގޫވާކަމަށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.

ބޮލީވުޑް ހަންގާމާގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ކަރަން ބުނީ ބޮޑެތި ތަރިން އެއް ފިލްމެއްގެ ލީޑަށް ގެންނަން އުނދަގޫވާ ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ފުށުއަރާ ކަމަށެވެ.

ކަރަން ބުނީ ކުރީގައި ނަމަ ސްކްރިޕްޓު ބަލާވެސް ނުކާ ޝާހުރުކްފަދަ ބޮޑު ތަރިން ފިލްމުތަކަށް އާނބަސް ބުނާ ކަމަށެވެ. އަދި އެހެން ތަރިންނާއެކު މަސައްކަތް ކުރަން ފަސްނުޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް މިހާރުގެ އެކްޓަރުންގެ އަމިއްލަވަންތަ ގޮތްތަކަކާއި، އަމިއްލަ ޚިޔާލާއި ސްޓްރެޓެޖީތައް ވާކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި އެމީހުންނަށް ނަސޭހަތްތެރިވާ މީހުން ތިބޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަދި މިހާރުގެ ތަރިން ހުރިހާ ކަމަކާމެދު މާ ބޮޑަށް ވިސްނާ ކަމަށާއި، މި ސަބަބާހުރެ ބޮޑެތި އެކްޓަރުން އެއް ފިލްމެއްގައި ކާސްޓު ކުރަން އުނދަގޫ ކަމަށް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން