ފަތުރުވެރިން ރާއްޖޭގައި، ފޮޓޯ: ދަ އެރައިވަލް
ފަތުރުވެރިން ރާއްޖޭގައި، ފޮޓޯ: ދަ އެރައިވަލް
މި ހިނގާ ޖޫން މަހުގެ ފުރަތަމަ 9 ދުވަހު އެކަނިވެސް 45،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހު ފުރަތަމަ 9 ދުވަހުގެ ނިޔަލަށް މުޅި ޖުމްލަ 45،614 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 32،996 ފަތުރުވެރިންނެވެ.

‎މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 38 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1،011،972 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އައިސްފައިވަނީ ޖުމްލަ 1،011،972 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.4 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 121،393 ފަތުރުވެރިން ވަނީ އައިސްފައެވެ.

މީގެ އިތުރުން ރަޝިއާއިން 111،937 ފަތުރުވެރިން، އިނގިރޭސިވިލާތުން 101،781 ފަތުރުވެރިން، އިޓަލީވިލާތުން 83،142 ފަތުރުވެރިން އަދި ޖަރުމަންވިލާތުން 77،012 ފަތުރުވެރިން ވަނީ މިއަހަރުތެރޭ ރާއްޖެ އައިސްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން