އިއްޔެ ކުއްލިގޮތަކަށް ނިޔާވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހިދުމަތް ޖަމިއްޔާއިން އިއްޔެވަނީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް އެކަމަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވަނީ އެކަމަށް ބޭނުންވާ ހަތްލައްކައެއްހާ ރުފިޔާ ލިބިފައެވެ.
އެހެންކަމުން އެ ޖަމިއްޔާއިން މިއަދު ބުނެފައިވަނީ ބަންގްލަދޭޝްގައި މިސްކިތް ބިނާ ކުރުމަށް ބޭނުންވާ ފައިސާގެ އިތުރަށް ވެސް ފަންޑު ލިބެމުންދާތީ ޝެއިޚްގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން މިހާރު ނިންމާފައިވާކަމަށެވެ.
އެގޮތުން، މިސްކިތް އެޅުމަށް މާލީ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ އެކައުންޓް ނަންބަރަށް ފައިސާ ފޮނުވަމުން ގެންދިޔުމަށް ވަނީ އެދިފައެވެ.
ޝެއިޚް ފަރީދު ނިޔާވީ އިއްޔެ މެލޭޝިއާ އެއާޕޯޓުގަ ހުންނަވަނިކޮށް ކުއްލިގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު