އިންޑިއާގެ އަހްމަދާބާދުން ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއިން، އަޖައިބުވާފަދަ ގޮތަކަށް ސަލާމަތްވި ފަސިންޖަރަކު ފެނިއްޖެއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ، 242 ފަސިންޖަރުންނާއެކު އެއާ އިންޑިއާގެ މަތިންދާބޯޓު ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
އެއާ އިންޑިއާއިން ބުނީ މި ބޯޓުގައި ދަތުރުކުރީ 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ކަމަށެވެ. މީގެ ތެރޭގައި 169 އިންޑިއާ ރައްޔިތުންނާއި، 53 އިނގިރޭސި ރައްޔިތުންނާއި، 7 ޕޯޗުގީޒު އަދި 1 ކެނެޑާ ރައްޔިތަކު ހިމެނެއެވެ.
އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު ޖީއެސް މާލިކާ ހަވާލާދީ ނޫސްތަކުން ބުނީ އެ ހާދިސާއިން އެކަކު ސަލާމަތްވެފައިވާ ކަމަށާއި އޭނާ އިނީ ބޯޓުގެ 11އޭ ސީޓުގައި ކަމަށެވެ. އަދި އޭނާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް މާލިކް ވިދާޅުވިއެވެ.
މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހިއްސާކުރި ފްލައިޓް މެނިފެސްޓުގައި ސީޓް 11އޭގައި އިން ފަސިންޖަރަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝްއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އެ މީހުން ވަނީ ވިޝްވާޝްއާ ވާހަކަ ދައްކާފައެވެ. އޭނާ ވަނީ ބޯޑިން ޕާހާއި އޭނާގެ ނަމާއި އަދި ސީޓު ނަންބަރު ވެސް ހިއްސާކޮށްފައިކަމަށް ބައިނަލް އަގުއާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އިންޑިއަން މީޑިއާތަކުން ވިޝްވާޝް ހަވާލާދީ ބުނާގޮތުން މަތިންދާބޯޓު އުދުއްސާލިތާ 30 ސިކުންތު ފަހުން ބާރު އަޑެއް އިވި، ވަރަށް އަވަހަށް ބޯޓު ވެއްޓުނީއެވެ.
ބީބީސީއިން ރިޕޯޓްކުރި ގޮތުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ 204 ހަށިގަނޑު ނެގިފައިވެއެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުގައި މަތިންދާ ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު އެވެ. ބޯޓު ވެއްޓިފައި ވަނީ އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ މޭގާނީ ސަރަހައްދަށެވެ. ބޯޓުން އެރި ދުންގަނޑާއެކު އެހައި އަވަހަށް ރޯވެ މުޅި ބޯޓުގައި ހުޅުހިފައި ވެއްޓުނު ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަނާއި ބޯއިންގް ކުންފުނީގެ ޓެކްނީޝަނުން ގުޅިގެން އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.
ވެއްޓުނު ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓަކީ 11 އަހަރުވެފައިވާ ބޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު