މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މާލޭގެ މަޖީދީމަގުގައި ހުއްދަނެތި ޕާކުކުރާ އުޅަނދުފަހަރުގެ ވެރިފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށާފައިވަނީ މިއަދުން ފެށިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި މިގޮތަށް ޓޯކުރެވޭ އުޅަނދުތައް އަނބުރާ ދޫކުރެވޭނީ 48 ގަޑިއިރުގެ މުއްދަތެއް ފަހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެހެންކަމުން ފުލުހުންވަނީ އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައި އެކަނި ޕާކުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު