ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" ގެ ކާމިޔާބީ ފާހަގަ ކުރުން މިރޭ އޮލިމްޕަހުގައި އޮންނާނެއެވެ.
މި ފިލްމުގެ ޓީމުން ތައްޔާރުވަމުންދަނީ މިމަހު 17 ގައި ފިލްމު ނެރުމުގެ ކުރިން އާންމުންނާއެކު ފިލްމު އެޅުވުމުގެ ކުރިން ކާމިޔާބީ ފާހަގަ ކުރުމަށެވެ. މި އިވެންޓު އޮންނާނީ މިރޭ 21:00 ގައެވެ.
އެގޮތުން ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ މި އިވެންޓުގައި ފިލްމުގެ މޭކިން ސީރީސް ނެރުމާއި، ފިލްމުގެ 'ބިހައިންޑް ދަ ސީން' މަންޒަރުތައް ސްކްރީނުން ދައްކާލުން ހިމެނެއެވެ.
އަދި ފިލްމުގެ އެންމެ ހާއްސަ އެއް ލަވަ ސްޓޭޖު މަތިން ދައްކާލުމުގެ އިތުރުން ސަޕޯޓަރުންނަށް ހިލޭ 4426 ފިލްމު ދައްކާލުންވެސް މި އިވެންޓުގައި އޮންނާނެއެވެ.
މިއީ މިގޮތަށް ރާއްޖޭގައި ޓިކެޓަކާ ނުލާ ފިލްމު ދައްކާ ފުރަތަމަ ފަހަރެވެ. ކޮމާޝަލް ފިލްމެއް ޓިކެޓު ނުވިއްކާ ސްކްރީނުން ބަލާލުމުގެ ފުރުސަތު މީގެ ކުރިން އެއްވެސް ޕްރޮޑޮއުސަރަކު ދީފައެއް ނުވެއެވެ.
"ސޮރީ" ގެ ޑައިރެކްޓަރު ފާފިމަތު ނަހުލާ (ނަހޫ) ބުނީ މިގޮތަށް އޮލިމްޕަސް ސްކްރީނުގައި 4426 ދައްކަން ނިންމީ، "ސޮރީ" އަށް އާންމުން ދެމުންދާ ބޮޑު ތަރުހިބާއަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކަމަށެވެ.
ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ބިހައިންޑް ދަ ސީން ބަލައި، ފިލްމުފގެ ޓީމާއެކު ކާމިޔާބީ ފާހަގަ ކޮށްލަން ބާއްވާ މި އިވެންޓަކީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ އިވެންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު