އެންރިކް އިގްލެސިއަސް
އެންރިކް އިގްލެސިއަސް
އަހަރުތަކަކަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ އެންރިކް އިގްލެސިއަސްގެ ޝޯއެއް އިންޑިއާގައި ބާއްވަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ޝޯ ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 30 ވަނަ ދުވަހު މުންބާއީގެ ބާންދްރާ ކުރްލާ ކޮމްޕްލެކްސްގައި އޮންނަ އެމްއެމްއާރްޑީއޭ ގްރައުންޑްގައެވެ. މިއީ 13 އަހަރަށްފަހު އޭނާގެ ޝޯއެއް އިންޑިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ޝޯގައި އެންރިކްގެ 30 އަހަރަށްވުރެ ދިގު ކެރިއަރުގެ ތެރެއިން މަޝްހޫރު ލަވަތަކާއި މިހާރުގެ ހިޓް ލަވަތައް ހިމަނައިގެން ޕާފޯމް ކުރާނެއެވެ.

މި ޝޯގެ ޓިކެޓު ވިއްކަން ފަށާނީ މިމަހު 27 ގައެވެ. އެހެންނަމަވެސް އޭގެ ކުރިން ދެ ފަހަރުމަތިން ޕްރީ-ބުކިން ކުރިއަށްދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެންރިކުގެ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި ބައިލެންޑޯ، ހީރޯ، އަދި ވައި ނޮޓް މީ ފަދަ ލަވަތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން