ޖޭމްސް ބޮންޑުގެ ރޯލަށް ހަމަޖެއްސި ރޮބަޓް ޕެޓިސަން
ޖޭމްސް ބޮންޑުގެ ރޯލަށް ހަމަޖެއްސި ރޮބަޓް ޕެޓިސަން
ސިނަމާގެ ތާރީޚުގައި އެންމެ މަޝްހޫރު އެއް ކެރެކްޓަރ ކަމަށްވާ ޖޭމްސް ބޮންޑުގެ ރޯލުން ދެން ފެނިގެންދާނީ އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ކަމަށް ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

އޭނާ މި ރޯލާ ހަވާލުވަނީ މި ސިލްސިލާގައި އެންމެ ފަހުން ބޮންޑުގެ ބައި ކުޅުނު ޑެނިއަލް ކްރެއިގްގެ ފަހު ފިލްމާއި އެކުއެވެ.

އުމުރުން 40 އަހަރުގެ މި އެކްޓަރު ލީޑު ރޯލު އަދާކުރާ މި އާ ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ، މަޝްހޫރު ފިލްމުތައް ކަމަށްވާ "ޑޫން" އަދި "ބްލޭޑް ރަނަރ 2049" ގެ ޑައިރެކްޓަރު ޑެނިސް ވިލްނޫވްއެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ލިޔާނީ "ޕީކީ ބްލައިންޑަރސް" އުފެއްދި ސްޓީވަން ނައިޓެވެ.

ޕެޓިންސަން ދުނިޔޭގެ މަޤްބޫލުކަން އެންމެ ފުރަތަމަ ހޯދީ "ޓްވައިލައިޓް" ސިލްސިލާއިންނެވެ. އޭގެ ފަހުން އޭނާ ކުޅެފައިވާ "ދަ ލައިޓްހައުސް" އަދި "ގުޑް ޓައިމް" ފަދަ ފިލްމުތަކުން ފާޑުކިޔުންތެރިންގެ ބޮޑު ތަޢުރީފެއް ހޯދިއެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ނުކުތް "ދަ ބެޓްމޭން" ގައި ބްރޫސް ވޭންގެ ރޯލުވެސް އޭނާ ވަނީ ފުރިހަމައަށް އަދާކޮށްފައެވެ.

މި ނިންމުމާއެކު، 007 ގެ ޝަރަފުވެރި ރޯލު މީގެ ކުރިން ކުޅެފައިވާ ޝޯން ކޮނަރީ، ރޮޖަރ މޯ، ޕިއަރސް ބްރޮސްނަން އަދި ޑެނިއަލް ކްރެއިގް ފަދަ ފުންނާބު އުސް ތަރިންގެ ލިސްޓަށް ޕެޓިންސަން މިހާރު ވަނީ ގުޅިފައެވެ.

އާ ޑައިރެކްޓަރަކާއި އާ ލީޑް އެކްޓަރަކާއެކު ފެށޭ މި އާ ބާބަކީ، ޖާސޫސީ ދާއިރާގެ އެންމެ މަޤްބޫލު މި ސިލްސިލާއަށް އިންގިލާބީ ބަދަލުތަކަކާއި އައު ދިރުމެއް ގެނެސްދޭނެ ފެށުމެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް