ދަރިފުޅާއެކު ފޮތްކިޔަނީ
ދަރިފުޅާއެކު ފޮތްކިޔަނީ
ދަރިންނަށް އުފާވެރި ދިރިއުޅުމުގެ މާހައުލެއް ބިނާ ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެކުދިންގެ ހަޔާތުގެ ފުރަތަމަ ހަރުފަތިތައް ކަޑައްތު ކުރާ ގިތުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ދަރިން އުފާކުރަން ބޭނުންވާނަމަ މައިންބަފައިން ކުރަން ޖެހޭ ބައެއް ކަންކަމެވެ.

އެވޯޑު ހަފްލާތައް ގޭގައި ބޭއްވުން

ދަރިފުޅަށް ހާސިލްވާ ކަންކަން ފާހަގަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކޮންމެ މަހަކު އެއްފަހަރު އެވޯޑު ހަފްލާއެއް ބާއްވައި، އެކުދިންގެ ކާމިޔާބީތައް ފާހަގަ ކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެވެ. އަދި އެކުދިންގެ ހިތްވަރުވެސް އިތުރުވެއެވެ.

މަޖާ ކަންތައް ކުރުން

ދަރިން ގޮވައިގެން މަޖާ ކަންތައް ކުރުމަކީވެސް އެކުދިން އުފާ ކުރަން ކުރެވިދާނެ ކަމެކެވެ. އެގޮތުން މައިންބަފައިންނަށް ހުސްވަގުތު ކިބޭ ވަރަކުން މޫދަށް ދިއުމާއި، ޕާކުތަކަށް ޕިކްނިކް ދިއުން ފަދަ ކަންކަންް ކުރަން ޖެހެއެވެ. މިކަންކަމުގެ ސަބަބުން އެކުދިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ވެއެވެ.

ފޮތް ކިޔުން

ދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާނަމަ ދެން ކުރެވޭނެ އަނެއް ކަމަކީ ވަގުތު ލިބޭ ވަރަކުން އެކުދިންނާއެކު ފޮތް ކިޔައި، އެކުދިންނާ ވާހަކަ ދައްކަން ވަގުތު ހޭދަކުރުމެވެ. މިކަމުގެ ސަބަބުން ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ވަރުގަދަވެއެވެ. އަދި ދަރިފުޅަށް ކަންތައް ދަސްވެ، ކިޔެވުމުގައި ކުއްޖާ ކުރިއަރައި ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން