އިސްރާއީލުން އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކޮމާންޑަރު ހުސެއިން ސަލާމީ، އަވަހާރަކޮށްލައިފިއެވެެ.
އައި.އާރް.ޖީ.ސީ ގެ ކޮމާންޑަރު ހުސެއިން ސަލާމީ، އަވަހާރަކޮށްލީ ރޭ ފަތިހު އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައެވެ. މިއީ މި ހަމަލާތަކުގައި އަވަހާރަވި އެންމެ އިސް ވެރިޔާއެވެ.
އުމުރުން 65 އަހަރުގެ ސަލާމީއަކީ، އިސްރާއީލާއި އެމެރިކާ ފަދަ އިރާނުގެ ވާދަވެރިންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެކެެވެ. މީގެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ، މި ދެ ޤައުމުންކުރެ ޤައުމަކުން އިރާނަށް ހަމަލާ ދީފިނަމަ "ނަރަކައިގެ ދޮރު ހުޅުވާލާނެ" ކަމަށް އިންޒާރުދެއްވާފައެވެ.
އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ނިއުކްލިއަރ ތަންތަނާއި، ބެލިސްޓިކް މިސައިލް އުފައްދާ ތަންތަނާއި، އަސްކަރީ ކޮމާންޑަރުންނަށެވެ.
މި ހަމަލާތަކުގައި އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން މަރުވެފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ތެހެރާނުން ވަނީ އިސްރާއީލާއި އެމެރިކާ އިން ހަމަލާތަކުގެ ބަދަލުގައި "ބޮޑު އަގެއް" ދައްކަންޖެހޭނެކަމަށް އިންޒާރުދީފައެވެ. ނަމަވެސް މިހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް އެމެރިކާއިން ވަނީ ދެކޮޅު ހަދާފަ އެވެ. މިކަމުގެ ސަބަބުން މިހާރުވެސް ނާޒުކު ހާލަތެއްގައި އޮތް މި ސަރަޙައްދު ފުރިހަމަ ހަނގުރާމައަކަށް ވެއްޓިދާނެކަމުގެ ކަންބޮޑުވުން އުފެދިފައިވެއެވެ.
އީރާނުގެ އެކި ތަންތަނަށް އިސްރާއީލުން ރޭ ފަތިހު ހަމަލާތައް ދިނުމުން އެކަމުގެ ރައްދެއްގެ ގޮތުގައި 100 ވަރަކަށް ޑްރޯން އިސްރާއީލަށް އަމާޒުކޮށް އީރާނުން ވަނީ ފޮނުވާލާފައެެވެ. އެ ޑްރޯންތައް އިސްރާއިލަށް ފޯރަން ގަޑިއިރުތަކެއް ނަގާނެއެވެ. އިސްރާއީލަށް ޑްރޯންތައް ފޯރުމުގެ ކުރިން އެ ޑްރޯންތައް ވައްޓާލުމުގެ މަސައްކަތް އިސްރާއީލުން މިހާރު ވަނީ ފަށާފައެވެ.
އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމު ތަންތަނަށް އަމާޒުކޮށެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން މަރުވެފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު