ދިވެހި ޙައްޖާޖީން މިއަހަރު ޙައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން
ދިވެހި ޙައްޖާޖީން މިއަހަރު ޙައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން ބުނީ ޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ދައްކަންދާން ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އޭގެއިތުރުން ކިއުބީ ޓޯކެން ސިިސްޓަމުން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރިއޭޖުން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ޙައްޖުވެރިންގެ ފްލޫ ކްލިނިކް ހުުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު ދޭކުން ރޭގަނޑު އަށެއް ޖަހަންދެކަށެވެ. ހުޅުމާލޭ ފުލޫ ކްލިނިކުގެ އިތުރު މަޢުލޫމާތު ހޯދުމަށް 1417އަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ފްލޫ ކްނިކަށް ދާއިރު މާސްކް އެޅުމަށްވެސް ހޮސްޕިޓަލް ތަކުން ވަނީ އިރުޝާދު ދީފައެވެ.

ޙައްޖުވެރިންނަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް ހުޅުވާފައިވާއިރު، ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިހާރުވަނީ ރާއްޖެއަށް އައިސްފައެވެ. އެޗްޕީއޭއިން ވަނީ ހައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުން އެއަރޕޯޓަށް ނުގެންދިއުމަށާއި ވީހާވެސް މަދުބަޔަކު އެއަރޕޯޓަށް ދިއުމަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން