ފުރަން ދިއުމުގެ ކުރިން އެއާލައިންތަކަށް ގުޅައި، ގަޑި ޔަގީން ކުރުމަށް ސައުދީ އަރަބިއާގެ އެއާޕޯޓުތަކުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން 4 އެއާޕޯޓަކުން ވަނީ މިކަމާ ގުޅިގެން ބަޔާންތައް ނެރެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޔާޟް، ޖިއްދާ، ދައްމާމް އަދި މަދީނާ އެއާޕޯޓުތަކެވެ.
އެއާޕޯޓުތަކުން ނެރުނު ބަޔާނުގައި ބުނީ އެ ސަރަހައްދުގެ ބައެއް ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ބައެއް މަންޒިލްތަކުގެ ވައިގެ ދަތުރުފަތުރުތައް ބަންދުވެފައިވާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުތަކަށް ދަތުރުކުރާ މީހުން، ފުރަން އެއާޕޯޓަށް ދިއުމުގެ ކުރިން އެއާލައިނުތަކާ ސީދާ ގުޅައި، ގަޑި ޔަގީންކުރުމަށް އެއާލައިންތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އެއާޕޯޓުތަކުން ބުނީ މިއީ އެއާލައިންތަކުގެ ދަތުރުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޔަޤީންކުރުމަށާއި، އަދި ކުއްލިއަކަށް ދިމާވެދާނެ ލަސްވުންތަކާއި ބަދަލުތަކުން ސަލާމަތްވެ، ފަސިންޖަރުންގެ ފަސޭހައަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.
ސައުދީގެ އެއާލައިންތަކުން މިގޮތަށް ބަޔާން ނެރެފައިވާއިރު އިސްރާއީލުން ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. މި ހަމަލާތައް ރާއްޖެއިން ވަނީ ހަރު އަޑުން ކުއްވެރިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު