ސައުދީ އަރަބިއްޔާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން، އިސްލާމްދީނުގެ މާތް ތައުހީދުގެ ކަލިމަފުޅު ކަމުގައިވާ "لَا إِلَٰهَ إِلَّا اللَّهُ، مُحَمَّدٌ رَسُولُ اللَّهِ" ލިޔެފައިވާ ދިދަތަކާއި ޑިސްޕްލޭތަކުގެ ކުރިމަތީގައި، އަދި އެ ކަލިމަފުޅުގެ އަޑު އިވެމުންދިޔަ ވަގުތު ބަޔަކު ނަށާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، ބޮޑު ނުރުހުމަކާއި ބަހުސެއް އުފެދިއްޖެއެވެ.
ގައުމީ ދުވަހުގެ އުފާފާޅުކުރުންތަކުގެ ތެރެއިން ފެނިގެންދިޔަ މި މަންޒަރުތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި އާންމުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ، އިސްލާމްދީނުގެ މަތިވެރި ޝިއާރަކަށް ވާންޖެހޭ އެންމެ މަތީ އިހުތިރާމާއި ގަދަރު ކުޑަވާ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ. އެގޮތުން، މާތްވެގެންވާ ޝަހާދަތުގެ ކަލިމަފުޅު ކިޔެމުންދިޔަ ވަގުތު، އަދި އެ ކަލިމަފުޅު ފެންނަން ހުރި ދިދައިގެ ކުރިމަތީގައި އެފަދަ ހަރަކާތްތަކެއް ހިންގުމަކީ ދީނީ މުގައްދަސް ކަންކަމުގެ ހައިބަތު ގެއްލޭ ފަދަ ބޭއަދަބީ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
މީގެއިތުރުން، ސައުދީ އަރަބިއްޔާގައި ޒަމާނުއްސުރެ ހިފަހައްޓަމުން އައި ދީނީ އުސޫލުތަކާއި، މިހާރު ސަރުކާރުގެ އެއްބާރުލުމާއެކު ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ ދެމެދު އުފެދެމުންދާ ފުށުއެރުންތަކާމެދު ވެސް ފާޑުކިޔާ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ ފޭސްބުކާއި އިންސްޓަގްރާމް ފަދަ މީސްމީޑިއާގެ މަންސަތަކުގައި މި ވީޑިއޯތައް ފެތުރިގެން ދިޔަ ގޮތުންނެވެ. އެގޮތުން އުފާފާޅުކުރުމުގެ މަންޒަރުތަކާއެކު ކަލިމަފުޅުގެ އޯޑިއޯ އަދި ތަފާތު ޝުއޫރުތައް އެކުލެވޭ ކެޕްޝަންތައް ހިމަނައިގެން ދައުރުކުރަން ފެށުމާއެކު، އިސްލާމީ އުންމަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ މިކަމާ މެދު ފުން ކަންބޮޑުވުމަކާއި ހޫނު ބަހުސްތަކެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު