ސަރަޙައްދީ އެކި މައްސަލަތަކާއި ކަންކަމުގައި ޤައުމުތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި އެއްބާރުލުން މެދުކެނޑުމެއްނެތި ދެމެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ މަތިވެރި އިސްލާމީ އުޚުއްވަތްތެރިކަމާއި، ހިއްސާކުރާ އެއްގޮތް އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް ޒަމާންވީ އަދި ބަދަހި އެކުވެރިކަމެއްކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، މި އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަތީ ފަންތީގެ ޒިޔާރަތްތަކުގެ ސަބަބުން، ދެ ޤައުމުގެ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުންތައް އައު ހަރުފަތަކަށް ވާސިލުވެ، އެއްބާރުލުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ސަޢޫދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއެކު އޮތް ޒަމާންވީ އެކުވެރިކަން ފާހަގަކުރައްވައި، ޚާރިޖީ ދާއިރާއިންނާއި، ދެ ޤައުމުގެ ޕާލިމަންޓް އަދި ސަޤާފީ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެއިތުރުން، ސަރަޙައްދީ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ޙަމަލާތަކާއި، އޭގެ ސަބަބުން އަވަށްޓެރި ޔަމަނުގެ ޢާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ އިންސާނީ އެކި ކާރިސާތަކާއި ތަކުލީފުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެ ސަރަޙައްދުގައި އަމަންއަމާންކަމާއި ސުލްޙަ ދެމެހެއްޓުމަށް ސަޢޫދީ ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި، ޙާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަން ސަފީރު ވަނީ ތަފްޞީލުކޮށްދެއްވާފައެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކަންކަމުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާއެކު އެއްބައިވަންތަކަންމަތީގައި ކަން ކަށަވަރުކޮށްދެއްވިއެވެ. އަދި ސަރަޙައްދީ ހަމަޖެހުމަށްޓަކައި ޤައުމުތަކުގެ މެދުގައި އިތުބާރާއި މަޝްވަރާ ދެމެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މެންބަރުންނާއި، މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު